ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ފިރިހެން ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުމާއި ގުޅޭ

ނަންބަރ: GS60(B)/2026/14

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

ފިރިހެންދަރިވަރުންގެ ފާޚާނާ މަރާމާތުކުރުމާއި ގުޅޭ

  1. މިސްކޫލްގެ ފިރިހެން ދަރިވަރުން ބޭނުންކުރަމުންދާ ފާޚާނާގެ މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.  މި މަސައްކަތް އަމިއްލަ ތަކެތީގައި   ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ޖުލައި 22 އިން 2026 ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  3. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 އޮގަސްޓް 04 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  4. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮގަސްޓް 05 ވާ ބުދަ ދުވަހުގެ 10:30 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ. 
  5. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  6. މި ޕްރޮޖެކްޓް ތަކާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533

އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/19aQjxWIyR_oZyNgdn5th4sBEpo7Wi3iUeHT_7i3HHWY/preview  

 

                  08 ޞަފަރު 1448                      

                  22 ޖުލައި 2026                                               

 

22 ޖުލައި 2026
ހޯދާ