ޅ. އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ދިވެހިރާއްޖެ
15 ލެޕްޓޮޕް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން

`

 

ޅ.އަތޮޅު މަދަރުސާ

 

 ޅ.ކުރެންދޫ،

   ދިވެހިރާއްޖެ.

                                         އިޢުލާން ނަންބަރ:(IUL) GS-21/2026/11  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ޅ.އަތޮޅު މަދަރުސާގެ ކޮމްޕިއުޓަރ ލެބަށް ބޭނުންވާ 15 ލެޕްޓޮޕް، އަޅުގަނޑުމެންދޭ ސްޕެސިފިކޭޝަންއާ އެއްގޮތަށް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ:(IUL) GS-21/2026/09 އިޢުލާންއަށް ޝަރުތު ފުރިހަމަވާގޮތަށް ބިޑްހުށަހަޅާފައިވަނީ އެންމެ 2 ފަރާތުންނެވެ. ވީމާ އެ އިޢުލާން ބާތިލްކޮށް، އަލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ޖުލައި 22 ން 2026 ޖުލައި 30 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  2. ބިޑް ރެޖިސްޓްރޭޝަން ލިންކް  :  https://forms.gle/2sWFcaV9VyW1vKHE7

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2026 ޖުލައި 30ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ގުޅޭ "ބީލަން ފޮތް" މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2026 އޯގަސްޓް 06  ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޅ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ޅ.އަތޮޅު މަދަރުސާ

ޅ.ކުރެންދޫ، ދިވެހިރާއްޖެ.

ފޯން:  6620038 / 9784340

އީ-މެއިލް: [email protected]

 

08 ޞަފަރު 1448

                                 22 ޖުލައި  2026

22 ޖުލައި 2026
ހޯދާ