ދިވެހިރާއްޖެ
ގައުމު: ދިވެހިރާއްޖެ
ޕްރޮޖެކްޓްގެ ނަން: ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040
ކޮންޓްރެކްޓްގެ ނަން: ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތުގެ ފެންވަރު (ކޮލިޓީ އޮފް ސަރވިސް(އަދި ތަޖުރިބާކުރެވޭ ފެންވަރު (ކޮލިޓީ އޮފް އެކްސްޕީރިއަންސް (މޮނީޓާރ ކުރާ ސިސްޓަމެއް ގާއިމް ކުރުން
ގްރާންޓް ނަންބަރު: E047-MV
ރިފަރެންސް ނަންބަރު: MV-MOECCT-DMADD-540128-GO-RFB
ދިވެހި ސަރުކާރުގެ ފަރާތުން ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތުގެ ފެންވަރު (ކޮލިޓީ އޮފް ސަރވިސް (އަދި ތަޖުރިބާކުރެވޭ ފެންވަރު (ކޮލިޓީ އޮފް އެކްސްޕީރިއަންސް (މޮނީޓާރ ކުރާ ސިސްޓަމެއް ގާއިމް ކުރުމަށް، ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިސިސްޓަމް ގާއިމް ކޮށްދިނުމަށް، ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.
މި ބީލަމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް އައި.ޕީ.އެފް ލޯނު ނަގާ ފަރާތްތަކުގެ ގަވާއިދުތައް" ހަތްވަނަ އެޑިޝަން- ސެޕްޓެމްބަރ 2025 ("ޕްރޮކިއުމަންޓް ރެގިއުލޭޝަންސް") އަދި ޕްރޮކިއުމަންޓް ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރިކުއެސްޓް ފޯ ބިޑްސް (އާރް.އެފް.ބީ) އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ބީލަން ވަޒަން ކުރާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ބީލަން ވަޒަންކުރުމުގެ މިންގަނޑުތަކަށްށެވެ. ރޭޓެޑް ކްރައިޓީރިއާ (ޓެކްނިކަލް30% އަދި އަގަށް 70%) ބޭނުން ކޮށްގެނެވެ.
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އިބްރާހިމް ވަހީދު، [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ބީލަން ފޮތް މިނިސްޓްރީގެ ވެބްސައިޓުން https://www.home.gov.mv/ ލިބެން ހުންނާނެވެ.
ބީލަން ހުށަހަޅާނީ 7 ސެޕްޓެމްބަރު 2026 ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
ބީލަން ހުށަޅާ ސިޓީ އުރައިގެ ބޭރުގައި 'އޮރިޖިނަލް ބިޑް" ޖަހަންވާނެއެވެ. އަދި އެތެރޭގައި 2 ސިޓީއުރަ ހިމެނޭގޮތަށް 'ޓެކްނިކަލް ޕާރޓް" ޖަހާފައިވާ ސިޓީއުރަ ބީލަންވެރިންގެ ހާޒިރުގައި 7 ސެޕްޓެމްބަރު 2026 ވާ ހޯމަ ދުވަހުގެ 10:00ހުޅުވާނެއެވެ. އަދި 2 ވަނަ ސިޓީއުރަ 'ފައިނޭންޝަލް ޕާރޓް' ނުހުޅުވާ ފޮރުވާފައި، 2 ވަނަ ހުޅުވުމަށް ބާއްވާނީއެވެ.
މިޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 15,420.00/-ރ (ފަނަރަ ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ)ނުވަތަ އެ އަދަދާ އެއްވަރުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 140 ދުވަހެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުންގެ ސަމާލުކަމަށް، ވޯޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ދަށުން ބީލަން ކާމިޔާބު ކުރާފަރާތުގެ
ބެނެފިޝަލް އޯނަރޝިޕް ޑިސްކްލަޝަން ފޯމު( ބިޑިންގް ޑޮކިއުމަންޓް) ގައިވާ މައުލޫމާތު އާންމު ކުރާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،
ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ
މޯލްޑިވްސް ޑިޖިޓަލް ސަރވިސް،
ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.
[email protected]އީމެއިލް:
ވެބްސައިޓް: https://www.home.gov.mv/
https://dmadd.gov.mv/en
ފޯނު ނަންބަރު: +(960)330-2253
