ދިވެހިރާއްޖެ
"ކެފޭ އަދި ޓޭކްއަވޭ" ވިޔަފާރި އާއި އަދި އެފަދަ ޚިދުމަތްތަކަށާއި ހަޓް ހެދުމަށް ގެސްޓް ހައުސް، ރެސްޓޯރަންޓް ތަކުގެ ކުރިމަތިންނާއި އަދި އެހެން ސަރަހައްދުތަކުން ބިން ދޫކުރުމާއިބެހޭ އުޞޫލް ޢާއްމުކުރުން.
"ކެފޭ އަދި ޓޭކްއަވޭ" ވިޔަފާރި އާއި އަދި އެފަދަ ޚިދުމަތްތަކަށާއި ހަޓް ހެދުމަށް ގެސްޓް ހައުސް، ރެސްޓޯރަންޓް ތަކުގެ ކުރިމަތިންނާއި އަދި އެހެން ސަރަހައްދުތަކުން ބިން ދޫކުރުމާއިބެހޭ އުޞޫލް (އުޞޫލް ނަމްބަރު 331(U)/2026/1) 21 ޖުލައި 2026 ގައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓްކުރެވި ޢާއްމުކުރެވިފައެވެ.
ވީމާ، މިދެންނެވި އުޞޫލްގެ ދަށުން ބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި ލިޔުމަކުން މިއިދާރާ އަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
08 ޞަފަރު 1448
22 ޖުލައި 2026
