މަގާމު:
|
އޮފީސް އެސިސްޓެންޓް
|
ބޭނުންވާ އަދަދު:
|
2 (ދޭއް)
|
މަސައްކަތުގެ މުއްދަތު:
|
1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުއްދަތު އިތުރުކުރެވޭނެ)
|
މަސައްކަތުގެ ވަގުތު:
|
ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި، ހަވީރު ހަތަރެއް ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)
|
އުޖޫރަ:
|
މަހަކު -/5,700 ރުފިޔާ
|
ފެންވަރު/ޝަރުޠު:
|
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް / ހާސިލުކޮށްފައިވުން. ނުވަތަ؛
- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
|
މައިގަނޑު މަސައްކަތްތައް:
|
- އެން.ސީ.އައި.ޓީގެ އިމާރާތާއި އޮފީހުގެ ތަކެތި ބެލެހެއްޓުމާއި، އެތަކެއްޗަށް ލިބޭ ގެއްލުންތައް ބަލައި، އެން.ސީ.އައި.ޓީގެ ތަކެތި ބޭނުންކުރެވޭ ރަގަނޅު ހާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް، އަމިއްލައަށް ޙައްލު ނުކުރެވޭނެ މައްސަލަތައް، މެއިންޓެނެންސް ޔުނިޓާ ގުޅިގެން ޙައްލުކުރުން.
- މެއިންޓެންސާ ގުޅިގެން މުވައްޒަފުންގެ ފަރާތުން ލިބޭ ޝަކުވާތައް ދުވަހުން ދުވަހަށް ޙައްލުކުރުމަށް މަސައްކަތްކުރުން.
- އޮފީހުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމާއި ސާފުކޮށް ބެލެހެއްޓުން.
- އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް އޮފީހުން ބޭރުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
- އޮފީހުން ބޭރުން ކުރަންޖެހޭ ރަސްމީ ކަންތައްތައް މުވައްޒަފުންނާ ގުޅިގެން ކުރުން.
- ސިޓީފަދަ ތަކެތި ތަންތަނާ ހާވާލުކުރަން ދިޔުން.
- މަތީގައިވާ މަސައްކަތުގެ އިތުރުންވެސް، މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން، އެ މުވައްޒަފަކަށް މަސައްކަތެއް ހަވާލުކޮށްފި ހާލަތެއްގައި އެ މަސައްކަތެއް ހަވާލުކުރުވި މުއްދަތެއްގައި ކުރުން.
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.
|
ހުށަހަޅަންޖެހޭ ތާރީޙް:
|
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected] އަށް) ފޮނުވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލް ކުރާނެ އެޑްރެހަކީ، [email protected] އެވެ.
|
އޮފީހުގެ މަޢުލޫމާތު:
|
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960)
ފެކްސް ނަންބަރު: 4004 334 (960)
އީމޭލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv |