ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހަށް ބޭނުންވާ ކޮމްޕިއުޓް އަދި ސްޓޯރޭޖް އެކްސްޕެންޝަން ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށް، އިންޓަރގްރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހަށް ބޭނުންވާ ކޮމްޕިއުޓް އަދި ސްޓޯރޭޖް އެކްސްޕެންޝަން ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރކޮށް، އިންޓަރގްރޭޓް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)196-C/1/2026/82 (19 ޖުލައި 2026) އިޢުލާނުގައިވާ މަޢުލޫމާތަށް ބަދަލުއައިސްފައިވާތީ، އެ އިޢުލާނު ބާޠިލްކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން: 30 ޖުލައި 2026، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް

ލިންކް:  https://forms.office.com/r/N1cp2MEMET

  • ބީލަން ހުށަހެޅުމާއި ހުޅުވުން: 02 އޮގަސްޓް 2026، 11:00 އަށް

 

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 02 އޮގަސްޓް 2026، 11:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.

 

 

07 ޟަފަރު 1448

21 ޖުލައި 2026
ހޯދާ