ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިލީ ލޯންޗުގެ ޝީޓުތައް މަރާމާތުކުރުމާބެހޭ

އިޢުލާން

ލިލީ ލޯންޗުގެ ޝީޓުތައް މަރާމާތުކުރުމާބެހޭ

މިއިދާރާގެ ''ލިލީ ލޯންޗް'' ގެ ޝީޓުތަކާއި ފައިބަރުން ކުރަންހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ފެބުރުވަރީ 2016 ވާ އާދީއްތަދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނިތަކުންނެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއް ނަމަ، ރަޖިސްޓަރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ހުށަހަޅުއްވަންވާނެއެވެ.

މާކްސް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގަށް               %60
  • މުއްދަތަށް                  % 15
  • ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަމަށް     %25

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅާއިރު ކުރަންޖެހޭ މަސައްކަތްތަކަށް ވަކިވަކިން އަގު އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

18 ރަބީޢުލްއާޚިރު 1437

28 ޖަނަވަރީ 2016
ހޯދާ