ދިވެހިރާއްޖެ
އިޢުލާން
ލިލީ ލޯންޗުގެ ސަތަރި މަރާމާތުކުރުމާބެހޭ
މިއިދާރާގެ ''ލިލީ ލޯންޗް'' ގެ އަރިމަތީ ބައެއް ސަތަރި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ފެބުރުވަރީ 2016 ވާ އާދީއްތަދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ފެބުރުވަރީ 2016 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނިތަކުންނެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއްނަމަ ރަޖިސްޓަރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ހުށަހަޅުއްވަންވާނެއެވެ.
މާކްސް ދެވޭނެ މިންގަނޑު
- ހުށަހަޅާ އަގަށް %60
- މުއްދަތަށް % 15
- ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަމަށް %25
ގަޑިޖެހިގެން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅާއިރު ކުރަންޖެހޭ މަސައްކަތްތަކަށް ވަކިވަކިން އަގު އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
18 ރަބީޢުލްއާޚިރު 1437