މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރ. ވެޓަރެންސް ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ޢިޢުލާން

"ރ. ވެޓަރެންސް ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                ރ.ރަސްމާދޫ ކައުންސިލާއި، ރަސްމާދޫ ޑިވަލޮޕްމަންޓް އެސޯސިއޭޝަން އަދި ރަސްމާދޫ ސްޕޯޓްސް ކުލަބް ގުޅިގެން މުޅި ރ. އަތޮޅަށްއަމާޒުކޮށްގެން ކުރިޔަށްގެންދާ "ރ. ވެޓަރެންސް ފުޓްސަލް ޗެލެންޖް 2026" މިއަހަރުގެ ސެޕްޓެމްބަރު 25 ވާ ހުކުރު ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.  

              ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކޮށް 2026 އޮގަސްޓް 05 ވާ ހޮނިހިރު ދުވަހުގެ 18:00 ގެ ކުރިން މިއިދާރާގެ މެއިލް:[email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ. އަދި މި މުބާރާތުގެ ހިންގާ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މި އިޢުލާނާއި އެކު މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާއިދު ހީރަސްކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 ޖުލައި 2026
ހޯދާ