ދިވެހިރާއްޖެ
އިޢުލާން
ބ.އޭދަފުށީ ކައުންސިލް އިދާރާއަށް ބޭނުންވާ ލިޔެކިއުމާ ބެހޭ ތަކެތި ސަޕްލައި ކޮށްދޭނެ ފާރާތެއް ހޯދުމާއިގުޅޭ
ބ.އޭދަފުށީ ކައުންސިލް އިދާރާއަށް ބޭނުންވާ ލިޔެކިއުމާ ބެހޭ ތަކެތި ސަޕްލައި ކޮށްދިނުމަށް ކުރެވުނު އިއުލާން ނަމްބަރ ((IUL)320-FNP/PRIV/2026/58) (25 ޖޫން 2026) ބާތިލްކޮށް އަލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ގަންނަން ބޭނުންވާ ތަކެތީގެ އަދަދާއި އޭގެ ސްޕްސިފިކޭޝަންސް
|
އަދަދު |
ތަފްޞީލް |
|
100 |
ކަރުދާސް ފައިލް |
|
200 |
ރީމް A4 ކަރުދާސް |
|
50 |
ރީމް A5 ކަރުދާސް |
|
200 |
ބޮކްސް ފައިލް A4 |
|
100 |
ކްލިޕް ބޯޑު A4 (ޕްލާސްޓިކް) |
|
2000 |
ސިޓީ އުރަ 9”x4” |
އަގު ހުށަހަޅަންވާނީ ބ.އޭދަފުށީ ކައުންސިލް އިދާރާއާ ހަމައަށްތަކެތި ފޯރުކޮށްދިނުމާއި އެކުގައެވެ. މީގެ ތެރޭގައި ހިނގާ ހުރިހާ ޚަރަދެއްގެ ޒިންމާނަގާނީ ސަޕްލައި ކުރާފަރާތުންނެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 ޖުލައި 2026 (އަންގާރަ) ދުވަހުން ފެށިގެން 2 އޮގަސްޓް 2026 ވާ (އާދިއްތަ) ދުވަހުގެ 14:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ދަންނަވަމެވެ.
ލިންކު: https://forms.gle/F2yeqmPFbsPgdioe7
ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ ބީލަން ބާޠިލް ކުރެވޭނެއެވެ.
1.1. ފުރިހަކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް (ޖަދުވަލު 1 )
1.2. ފުރިހަކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް (ޖަދުވަލު 2 )
1.3. ފުރިރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 3)
1.4. ހުށައަޅާފަރާތުގެ މާލީ ދަލީލު ހުށައަޅަންވާނެއެވެ. (ޖަދުވަލް 4)
1.5. ބީލަން ހުށައަޅާ މަސައްކަތާއި ގުޅުންހުރި މަސައްކަތު ތަޖުރިބާގެ ލިޔުންތައް އަދި ޖަދުވަލު 5 ފުރިހަމަ ކުރުމަށްފަހު ހުށައަޅަންވާނެއެވެ.
1.6. ބީލަން ހުށަހަޅާ ރެޕްރެޒެންޓިވް ލެޓަރ (ބަދަލުގައި އެހެން ފަރާތަކުން ބީލަން ހުށަހަޅަން ވަޑައިގަންނަވާނަމަ)
1.7. ކުންފުނި/ޕާޓްނަރޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ
1.8. އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ
1.9. ޖީއެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން) ޖީ.އެސް.ޓީ އަށް ރެޖިސްޓްރީވެފައި ނުވާނަމަ: Notification of Business Registration (MIRA) ނުވަތަ CIT / PIT Registration Certificate
1.10. ކޯޓޭޝަން/އެސްޓިމޭޓް
1.11. ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފަކާއި އާއިލީ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއްއޮތް ފަރާތެއް ކަމުގައިވާނަމަ އެކަން ބަޔާންކޮށްފައިވާ ލިޔުން
1.12. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ)
ބީލަންތައް އިވެލުއޭޓް ކުރުން:
|
# |
ތަފްޞީލް |
|
1 |
މަސައްކަތް ހުށަހަޅާ އަގު: (90 ޕޮއިންޓް) |
|
|
|
|
2 |
މަސައްކަތަށް ހުށަހަޅާ މުއްދަތު: (10 ޕޮއިންޓް) |
|
|
ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x 10 |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 05 ވާ ބުދަ ދުވަހުގެ 10:30 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
