ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގެ ލޭބަރ ރޫމް ، އެޑްމިން އޮފީހުގައި މަރާމާތު ނުކުރެވޭވަރަށްފީވެ ހަލާކުވެފައިވާ ހަތަރުކުޑަދޮރާއި ހަތަރު ފެންލައިޓް ( ލޭބަރ ރޫމް 1 ފެންލައިޓް ، އެޑްމިން އޮފީސް 1 ފެންލައިޓް ، މެޑިކަލް ސްޓޯރ 2 ފެންލައިޓް ) ނައްޓާ އަމިއްލަ ތަކެތީގައި އަލުން އައު އަލްމީނިއަމްދޮރާއި ދޮރުފަތް އަދި ފެންލައިޓް ހަރުކުރުމަށް މަސައްކަތްކުރުމަށް ކޮޓޭޝަން ހުށައެޅުމުގެ ފުރުޞަތު

ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގެ ލޭބަރ ރޫމް ، އެޑްމިން އޮފީހުގައި މަރާމާތު ނުކުރެވޭވަރަށްފީވެ ހަލާކުވެފައިވާ ހަތަރުކުޑަދޮރާއި ހަތަރު ފެންލައިޓް ( ލޭބަރ ރޫމް 1 ފެންލައިޓް ، އެޑްމިން އޮފީސް 1 ފެންލައިޓް ، މެޑިކަލް ސްޓޯރ 2 ފެންލައިޓް ) ނައްޓާ އަމިއްލަ ތަކެތީގައި އަލުން އައު އަލްމީނިއަމްދޮރާއި ދޮރުފަތް އަދި ފެންލައިޓް ހަރުކުރުމަށް ބޭނުއްޖެއެވެ. މިމަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާފަރާތްތަކުން ، 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު  13:00 އަށް ، ދ . ބަނޑިދޫ ޞިއްޙީމަރުކަޒަށް ކޯޓޭޝަން ހުށައެޅުއްވުމަށްދަންނަވަމެވެ.

 

މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ، ވިޔަފާރިރަޖިސްޓްރީ ކުރުމުގެޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާފަރާތްތަކަށެވެ.

 

މިމަސައްކަތް ކުރުމަށް ތައްޔާރުކުރެވިފައިވާ މަސައްކަތުގެ ސްޕެޝިފިކޭޝަން ފޯމް އާއި ދޮރުގެކުރެހުން ( އެނެކްސް 1 ) މިޢިއުލާން އާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

މިމަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާފަރާތްތަކުން 23 ޖުލައި 2026 ވާ ބުދަ ދުވަހު ހެނދު 11:00 ން 12:00 އަށް މިއިދާރަށްދުރުވެ ނުވަތަ 7954778 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

މިމަސައްކަތްތައް ކޮށްދެއްވުމަށް ހުށައަޅާ ކޯޓޭޝަންތައް ހުށައެޅުމާއި ، ކެނޑުމަށް ހަމަޖެހިފައިވަނީ ، ކޯޓޭޝަންތައް ހުށައަޅާ ފަރާތްތަކުގެ ޙާޞިރުގައި 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގައި ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގައެވެ.

 

ވީމާ ، މިކަން އާމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

21 ޖުލައި 2026
ހޯދާ