ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން ކުނި އުކާލަދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ވަގުތީގޮތުން ކުނި އުކާލަދޭނެ ފަރާތެއް ހޯދުމާބެހޭ

މިރަށު ގޭގެއިންނާއި، ޢާންމު ވިޔަފާރިކުރާ ތަންތަނާއި، ހޮޓާ ރެސްޓޯރެންޓް ކެފޭ އަދި ކުންފުނިތަކުން އުފެދޭ ކުނިތައް އެތަންތަނުން ނަގައި، ރަށުގެ އުތުރުކޮޅުގައި ހަދާފައިވާ ކުނިއަޅާ ސަރަހައްދަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު IUL(AD)/2016/04-ފ401 (21 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތަށް ބަދަލުތަކެއް ގެނައުމަށް ބޭނުންވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ފެބުރުވަރީ 2016 (އަންގާރަ) ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ފެބުރުވަރީ 2016 (ހޯމަ) ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

23 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016
ހޯދާ