މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، މިއަހަރުގެ ޖުލައި މަހު ބާއްވާ ރައްޔިތުންނާ ބައްދަލުކުރާ ޖަލްސާ، 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 20:45 ގައި ބ.ހިތާދޫ ސްކޫލުގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
ޖަލްސާގެ އެޖެންޑާ:
- 2026 ވަނ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް ޙިއްސާކުރުން.
- 2027 ވަނަ އަހަރުގެ ވޯކް ޕްލޭން ޙިއްސާކުރުން.
- 2027 އަހަރަށް ލަފާކުރާ ބަޖެޓް ހިއްސާކުރުން.
- ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
20 ޖުލައި 2026
ހޯދާ
