ދިވެހިރާއްޖެ
މި ރަށުގެ އިޖްތިމާއީ ސަރަހައްދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ސަރަޙައްދުތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ
- ޒޯން A މިސަރަހައްދުގައި ހިމެނޭނީ، މަގާމުފުޅު ހުޅަނގުން ސްޓޭޖްގެ ވަށައިގެން ވާ ސަރަހައްދާއި ހަމައިންފެށިގެން ބަނދަރުގެ ހުޅަނގު އުތުރު ފަރާތްހިމަނައި، އިންޖީނުގެއާއި އިޤްތިޞާދީ ބޭނުންތަކަށް ގުދަންކުރުމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި އެމްޓީ.ސީ.ސީ އަށް ދޫކޮށްފައިވާ ކޮށި ފިޔަވައި ޒޯންގައި ހިމެނޭ ސަރަހައްދު ކުޑަފަޅު އުތުރާއި ހަމައަށް ފާހަގަކޮށްފައިވާ ސަރަހައްދު ގޮނޑުދޮށާއި ހަމައަށެވެ.
- ޒޯން E ސަރަހައްދުގައި ހިމެނޭނީ، ވެންގެހެލި މަގު ގެ ދެކުނުން އިރުދޮށު ހިންގުން އިރުން ފެށިގެން ދިރޭތަކެތި ގެންގުޅުމަށް ދޫކޮށްފައިވާ ބިންތަކާއި ހަމައިން ކޮޕީ މަގު ދެކުނުން ނަރުދަމާ ޓްރީޓްމަންޓް ޕްލާންޓްގެ އިރާއި ދެކުނުން ސަހަރާމަގު އިރުން އޮތް ސަރަހައްދާއި، ފެންޕްލާންޓްގޭ ބިތްދޮށުން ފެށިގެން އިންޑޯރ ޖިމް ވަށާއިގެންވާ މަގުތަށް ހިމެނޭހެން މިސްކިތްމަގު ހުޅަނގުން ޒޯން F އާއި ހަމައަށް ފާހަގަކޮށްފައިވާ ސަރަހައްދު ގޮނޑުދޮށާއި ހަމައަށެވެ.
- ޒޯން F ސަރަހައްދުގައި ހިމެނޭނީ، މިސްކިތްމަގުގެ ހުޅަނގުން ޒޯން E އާއި އިންވެގެން ވޮލީކޯޓް ބިތްދޮށުން ހިމެނޭ ސަރަހައްދާއި މިނީ ޕިޗް އާއި މިނީ ޕިޗްގެ ވަށައިގެންވާ މަގުތަކާއި ޕްރީސްކޫލް ބިތްދޮށާއި، ކޯޓްގެ ބިތްދޮށާއި ގުރަހަ އިމާރާތުގެ ބިތްދޮށުން ފެށިގެން ކޮޕީ މަގުގެ ދެކުނަތް އޮތް ސަރަހައްދާއި، ކުރީގެ ޕާކު ހުސްބިމާއި އެ ބިމުގެ ވަށައިގެންވާ މަގުތަކާއި، މާރަނަމަގު ހުޅަގުން ޝަބުނަމީ ހިނގުން ދެކުނުން އިންވެގެން އޮތް ސަރަހައްދާއި ލައިސަންސް ޓްރެކާއި އެޓްރެކް ވަށައިގެންވާ މަގުތަކާއި، ފުޓްބޯޅަ ދަނޑު ބިތްދޮށުން ދަނޑުމަގު ދެކުނުން ޒޯން H އާއި ހަމައަށް ފާހަގަކޮށްފައިވާ ސަރަހައްދު ގޮނޑުދޮށާއި ހަމައަށެވެ.
- ޒޯން H ސަރަހައްދުގައި ހިމެނޭނީ، ދަނޑުމަގު ހުޅަނގުން ފެށިގެން ފުޓްބޯޅަ ދަނޑު ހުޅަނގުން އޮތް ސަރަހައްދާއި، ހޭންޑްބޯޅަ ކޯޓުގެ ވަށައިގެންވާ މަގުތަކާއި އުރީދޫ ޓަވަރުގެ ދެކުނުން އޮތް ސަރަހައްދާއި، ބުންބަރުމަގުން ހުޅަނގުން ފެށިގެން ބާ އިންޖީނުގޭ ވަށައިގެންވާ ސަރަހައްދާއި ފެންފަލު މަގު ހުޅަނގުން ދޯނިއެހެލާ ސަރަހައްދު ހިމެނޭހެން މަގާމު މަގުގެ ދެކުނުން ޒޯން A އަދި ޒޯން I އާއި ހަމައަށް ފާހަގަކޮށްފައިވާ ސަރަހައްދު ގޮނޑުދޮށާއި ހަމައަށެވެ.
ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖުލައި 2026 ވާ ބުދަ ދުވަހު 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާފޯމު އަދި މި މަސައްކަތާއިބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނޭ ލިންކުން އަދި ކައުންސިލް އިދާރާގެ ފުރޮންޓް އޮފީހުން ލިބެން ހުންނާނެ ވާހާކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތައް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
