ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ ލަކުޑި ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލު ކުރުމުގެ މަސައްކަތް

ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ ލަކުޑި ދޮރުތައް އެލުމެނިއަމް ދޮރަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 06 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ތިމަރަފުށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީވުން:   28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން

ބިޑް ހުޅުވުން:    6 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް

ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ  ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންވެލައްވާނަމަ 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

20 ޖުލައި 2026
ހޯދާ