ދިވެހިރާއްޖެ
11 ސެޕްޓެމްބަރ 2026 ގައި ދެޖިންސަށް އަމާޒުކޮށްގެން " ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓަރ 2026 " ނަމުގައި ފުޓްސެލް މުބާރާތެއް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ ރާވާފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި އިޢުލާނާއެކު، އެޓޭޗްކުރެވިފައިވާ ގޫގަލް ފޯމް ފުރުއްވައި، ނޯޓް ކުރެއްވުން އެދެމެވެ. އަދި ނޯޓް ކުރުން ކުރިއަށް ދާނީ 20 ޖުލައި 2026 ން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމައަށެވެ.
ޓީމް ލިސްޓް ހުށަހެޅުން އޮންނާނީ 20 ޖުލައި 2026 ން 31 އޮގަސްޓް 2026 ގެ 12:00 ގެ ނިޔަލަށެވެ. މި އިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު، އަދި ޓީމް ލިސްޓް ހުށައަޅާ ފޯމް އެޓޭޗްކުރެވިފައިވާނެއެވެ. ޓީމް ލިސްޓް ކައުންސިލްގެ މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މެއިލް މެދުވެރިކޮށް ފޮނުވާ ޓީމް ލިސްޓްތަށް ކައުންސިލަށް ލިބުނުކަން އެ ޓީމަކުން ކަށަވަރު ކުރަންވާނެއެވެ.
ޓީމް ރަޖިސްޓްރޭޝަން ފޯމް ލިންކް: https://forms.gle/WApySaFRm1UcZuGA8
ވީމާ، މިކަންއާއްމުކޮށް އިޢުލާންކުރަމެވެ.
