މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
އޮފީސް އިމާރާތުގެ ހޯލްވޭގައި މުށިޖަހާދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

 

ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު

          މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ސުކޫލް އޮފީސް އިމާރާތުގެ ހޯލްވޭގައި ތަށިމުށިޖަހާދޭނޭ ، ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.

މަސައްކަތު ތަފްޞީލް

  •  ސުކޫލް އޮފީސް އިމާރާތުގެ ހޯލްވޭ ތަޅުމުގައި މުށިޖެހުން. 345އަކަފޫޓް މުށިޖެހުން (ދިގުމިން- 86 ފޫޓް ،ފުޅާމިން- 4 ފޫޓް)
  • މުށީގެ ގޮތުގައި ބޭނުންކުރާނީ 600x600 ގެ ތަޅުމުގައި ޖަހާ ބާވަތުގެ (މަޑު އަޅިކުލައިގެ، ނުކައްސާ ބާވަތުގެ) ތަށި މުއްޓެވެ.
  • މުށި ޖަހަންވާނީ މުށިޖެހުމަށް ބޭނުންކުރާ ކެމިކަލް ސިމެންތި ބޭނުންކޮށްގެންނެވެ.
  • މުށިޖެހުމަށްފަހު  ދެމުށިގަނޑު ދޭތެރޭ ގްރައުޓް އަޅައި ރީތި ކުރަންވާނެއެވެ. 

 

ކޯޓޭޝަން ހުށަހެޅުން

ތާރީޙް:28 ޖުލައި 2026 (އަންގާރަ)

ގަޑި: 10:00

ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންފެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ކޯޓޭޝަން ހުށަހެޅުންއެދެމެވެ. އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.  [email protected]

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު  6540554އާ ގުޅުއްވުން އެދެމެވެ.

 

 

19 ޖުލައި 2026
ހޯދާ