އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގެ ލައިބްރަރީ ކައިރީގައިހުރި ނިކަގަހުގެ ބައެއްގޮފި ކޮށުމާއިގުޅޭ

  1. މިސްކޫލުގެ ލައިބްރަރީ ކައިރީގައިހުރި ނިކަގަހުގެ ބައެއްގޮފި ކޮށުމަށްބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ޖުލައި 20 ން 2026 ޖުލައި 23 ވަނަ ދުވަހުގެ މެންދުރު 13:00 ނިޔަލަށް ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ."ބިޑް ރަޖިސްޓްރީ ފޯމް" ފޮނުވަންވީ އީމެއިލް: [email protected]
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖުލައި 28 ވަނަ ދުވަހުގެ 10:00 ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ޖުލައި 28 ވާ އަންގާރަ ދުވަހުގެ 13:00ގައި އަނގޮޅިތީމު ސްކޫލުގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮގަސްޓް 3 ވަނަ ދުވަހުގެ 13:00 ގައި އަނގޮޅިތީމު ސްކޫލުގައެވެ.
  7. މިބީލަމާއިގުޅޭ ބިޑް ރަޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. މިބީލަމާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް ފޮނުވޭނެއެވެ.
  8. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރ.އަނގޮޅިތީމް ސްކޫލު

ފޯން: 6580357  

އީމެއިލް: [email protected]

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 ޖުލައި 2026
ހޯދާ