ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:

މަސައްކަތު (ވަގުތީ)                 

މަޤާމް އޮތް އޮފީސް:

ހިރިޔާ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ހިރިޔާ ސްކޫލް، ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

 ބަޖެޓް

މުސާރަ:

-/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

 -/1،000 ރުފިޔާ

ބޭނުންވާ އަދަދު:

5 (ފަހެއް) 

މަޤާމުގެ ރޭންކް:

ސަޕޯޓް ސަރވިސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1  

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ސްކޫލުގެ ގޯތިތެރެ ކުނިކެހުމާއި، ބިއްލޫރިތައް ފޮހެ، ހޯލު ކުނިކަހައި، މޮޕުލުން.
  2. ސްކޫލުގެ ކްލާސްރޫމްތައް ކުނިކަހައި ސާފުކުރުން.
  3. ކްލާސްތަކަށް ގެންދަންޖެހޭ ތަކެއްޗާއި ދަރިވަރުންނަށް ބަހަންޖެހޭ ސްލިޕްކޮޅުތައް ފަރުވާތެރިކަމާއެކު ރައްދުކުރުން.
  4. ދަރިވަރުންނާއި މުވައްޒަފުން ބޭނުންކުރާ ފާޚާނާތައް ދޮވެ ސާފުކުރުން.
  5. އިމްތިޙާނުތަކަށް ހޯލު ތައްޔާރުކުރުން.
  6. ސްކޫލްގެ އެކިއެކި ރަސްމިއްޔާތުތަކަށް ސްކޫލް ތައްޔާރުކުރުމުގައި އެހީތެރިވުން. 
  7. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ހިރިޔާ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ފެބުރުވަރީ 10 ވާ ބުދަދުވަހުގެ މެންދުރު 14.00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި، އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. އިންޓަވިއު އޮންނާނީ ހިރިޔާ ސްކޫލުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، 3307500 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

23 ރަބީޢުލްއާޚިރު 1437
02 ފެބުރުވަރީ 2016
ހޯދާ