ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
|
އިޢުލާން ނަމްބަރ: 137-IU/PR/2026/98 |
ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-39 |
|
ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާރޓްމަންޓަށް ބޭނުންވާ RADIOFREQUENCY ABLATION SYSTEM ސަޕްލައިކޮށް، އިންސްޓޯލްކޮށް، ޓެސްޓްކޮށް އަދި ކޮމިޝަންކޮށްދޭނެ ފަރާތެއް ހޯދުން |
|
އައި.ޖީ.އެމް ހޮސްޕިޓަލުގެ އިންޓަރނަލް މެޑިސިންގ އަށް ބޭނުންވާ 01 (އެކެއް) RADIOFREQUENCY ABLATION މެޝިން އަދި އެމެޝިނަށް ބޭނުންކުރާ ކޮންސިއުމަބަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އިއުލާނާއެކު ސްޕެސިފިކޭޝަން ޝީޓް ހިމަނާފައިވާނެއެވެ.
ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
- ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ ސްޕެސިފިކޭޝަނާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
- ސްޕެސިފިކޭޝަންގައި ބަޔާންކުރާ، މެޝިނުގައި ބޭނުންކުރާ ކޮންސިއުމަބަލްސްގެ ރޭޓްތައް ވަކި ކޯޓޭޝަނެއްގައި ހުށަހަޅަންވާނެއެވެ. ކޮންސިއުމަބަލްތަކަށް އަގު ހުށައަޅާފައިނުވާ ފަރާތްތައް އިވެލުއޭޝަންގައި ބައިވެރި ނުކުރެވޭނެއެވެ.
- ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ޝީޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ.
- އޮޕްޝަން / އޮފަރ ގެ ގޮތުގައި ހުށަހެޅޭނީ ގިނަވެގެން 02 އޮޕްޝަން / އޮފަރ އެވެ.
- ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އިގޭނެ މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރާ ތަކެއްޗަށް ސްޓޭންޑަރޑް ވޮރެންޓީ އެއް ދޭންވާނެއެވެ.
- ސަޕްލައިކުރުމަށް ކޯޓޭޝަންގައިވާ ހުށަހަޅާފައިވާ މެޝިން އިންސްޓޯލް ކުރުމާއެކު މިމެޝިން ބޭނުންވާ އެޕްލިކޭޝަން ޓްރޭނިންގ އަދި ބަޔޯމެޑިކަލް ޓްރޭނިންގ ދޭންވާނެއެވެ.
- ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު، ބްރޯޝާ) ހުށަހަޅަންވާނެއެވެ.
- ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ.
- ކޯޓޭޝަންގައި 90 ދުވަހުގެ ވެލިޑިޓީ ޕީރިއަޑެއް ބަޔާންކުރަންވާނެއެވެ.
- މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު މި މުއައްސަސާއަށް ލިބިގެންވެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
- ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އިގޭނެ މެނުފެކްޗަރގެ ލިޔުމެއް
- ޑިސްޓިރިބިއުޓަރެއްނަމަ "ލެޓަރ އޮފް އޮތަރައިޒޭޝަން"
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.
- އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
|
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
95 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
|
2 |
މުއްދަތު |
5 |
އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް |
ބީލަން ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް
އައި.ޖީ.އެމް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާރޓްމަންޓަށް ބޭނުންވާ RADIOFREQUENCY ABLATION SYSTEM ސަޕްލައިކޮށް، އިންސްޓޯލްކޮށް، ޓެސްޓްކޮށް އަދި ކޮމިޝަންކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 ޖުލައި 2026 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
- ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ.
- އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.
2- ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.
3- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
4- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.
ނޯޓު:
- ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
https://www.igmh.gov.mv/publications/tenders/
2. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
