ދިވެހިރާއްޖެ
ހިދާޔާ ސްކޫލް
ނ.މިލަދޫ
ދިވެހިރާއްޖެ
ނަމްބަރު:GS116(IUL) /2026/18
ކްލާސްރޫމްތައް އޭ.ސީ ކުރުމުގެ މަސައްކަތް
މި ސްކޫލްގައި ބޭނުންކުރާ ކްލާސްރޫމްތައް އޭ.ސީ ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއވެ.
މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ
(ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން ބިޑް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
|
ރަޖިސްޓްރީ ކުރުން |
20 ޖުލައި 2026 ން 23 ޖުލައި 2026 ށް |
8:00 -14:00 |
ހިދާޔާސްކޫލް |
|
މަޢުލޫމާތު ސާފުކުރުން |
28 ޖުލައި 2026 |
13:30 |
ހިދާޔާސްކޫލް |
|
ބިޑު ހުށައެޅުން |
30 ޖުލައި 2026 |
13:30 |
ހިދާޔާސްކޫލް |
ބީލަމާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައިދެންނެވީމެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލް ކުރެއްވޭނީ އެއްފަރާތެވެ.
ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ފޯން: 6560572
ފެކްސް: 6561801
އީމެއިލް: [email protected]
06 ޞަފަރު 1448
20 ޖުލައި 2026
