މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުފަހަރު ދުއްވާ ޒޯން ބަދަލުކުރުމާ ގުޅޭ
އިޢުލާން
" އެއްގަމު އުޅަނދުފަހަރު ދުއްވާ ޒޯން ބަދަލުކުރުމާ ގުޅޭ"
އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގެ ދަށުން އެއްގަމު ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކޮށް ދުއްވަންވާނި އެ އުޅަނދެއް ދުއްވާ ރަށް ހިމެނޭ ޒޯންގައެވެ.
ނަމަވެސް މިރަށުގައި ދުއްވާ ބައެއް ވެހިކަލް ރަޖިސްޓްރީކޮށްފައިވަނީ އެހެން ޒޯންތަކުގައިކަންވަނީ ފާހަގަ ކުރެވިފައެވެ.
ވީމާ، މިރަށުގައި ދުއްވާ އެއްގަމު އުޅަނދުފަހަރު ތެރެއިން C ޒޯންއަށް ރަޖިސްޓްރީ ބަދަލުކޮށްފައިނުވާ އުޅަނދުތައް 2026 އޯގަސްޓް 18 ވަނަ ދުވަހުގެ ކުރިން ޒޯން ބަދަލުކުރުމަށް ދެންނެވީމެވެ. އަދި މިމުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ބަދަލު ނުކުރާ ފަރާތްތަކަށް ޤަވައިދުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
19 ޖުލައި 2026
ހޯދާ
