ދިވެހިރާއްޖެ
ނަންބަރު: 1059/IAS/MIS/2026
ޢިއުލާން
މިކުންފުނީގައި ބޭނުންކޮށްފައިހުރި އެކި ވައްތަރުގެ ބައު ސާމާނާއި ދަގަނޑު އަދި އެއާކްރާފްޓް ޓަޔަރތަކެއް ނީލަމުގައި ވިއްކާލުމަށް ބޭނުންވާތީ، މިތަކެތި ނީލަން ކިއުން 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ 10:00 ގައި ވެލާނާއިންޓަރނޭޝަނަލް އެއަރޕޯރޓުގައި ހުންނަ މިކުންފުނީގެ އިންޖިނިއަރިންގ ހެންގަރުގައި އޮންނާނެއެވެ.
މި ނީލަމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އޮންނަ ނީލަމަކަށްވާތީ، އެއަރޕޯރޓު ފާސްހެދުމަށްޓަކައި، މިނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 21 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އައިލެންޑް އޭވިއޭޝަން ހެޑް އޮފީހުގެ ރިސެޕްޝަނަށް އައި.ޑީ.ކާޑު ކޮޕީ އެބޭފުޅަކާއި ގުޅޭނެ ނަމްބަރެއް ޖެއްސެވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަދި މެއިލް ކުރައްވާ ބޭފުޅުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
