ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ސްކޫލް
ދިވެހިރާއްޖެ
މަޑަވެލީ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

މަޑަވެލީ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތެއް ހޯދުން

          ކުރިޔަށް އޮތް ދެ އަހަރަށް މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާފަރާތްތަކުގައި ހުންނަޖެހޭ ޝަރުތު ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

          ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގެ  ކުރިން ބީލަން ހުށަހެޅުމަށް ރަސްޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މީޓިންގ ހަމަޖެހިފައިވާ ގޮތް

ތާރީޚް

ގަޑި

ރަޖިސްޓަރީ ކުރުން

20 ޖުލައި 2026 އިން 23 ޖުލައި 2026 އަށް

ހެނދުނު 10:30 އަށް

އަންދާސީ ހިސާބު ހުށަހެޅުން

28 ޖުލައި 2026

ހެނދުނު 10:30 އަށް

 

ބީލަމުގައި ބައިވެރިވުމަށް ތިރީގައި ވާ ލިންކު މެދުވެރިކޮށް ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

https://forms.gle/6JB3kJHSC8Ff93JM9

 

ބިޑާއި ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ ބިޑް ފޮތް ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ ބިޑްތައް ބަލައި ނުގަނެވޭނެއެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު /7983090 އާއި ގުޅުއްވުން އެދެމެވެ.

          މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 ޖުލައި 2026
ހޯދާ