ދިވެހިރާއްޖެ
އީ.އައި.އޭ ކޮންސަލްޓެންޓެއް ހޯދުމާބެހޭ
ކ. ތިލަފުށީ ތިލަފަޅުގެ 127 ހެކްޓަރ ހިއްކުމަށް ބޭނުންވާ ސޭންޑް ބަރޯ ސައިޓެއް ޤާއިމުކުރުމަށްޓަކައި އީ.އައި.އޭ އެއް ހަދައި އެއާ ގުޅޭ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ، ލައިސަންސް އޮތް އީ.އައި.އޭ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަރުޠު ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ޕްރީބިޑް، އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން |
ޓީސީއެލް ހެޑްއޮފީސް |
އަންގާރަ |
9 ފެބުރުވަރީ 2016 |
14:00 ގައި |
ޕްރޮޕޯސަލް ހުށަހެޅުން އަދި ހުޅުވުން |
ޓީސީއެލް ހެޑްއޮފީސް |
ހޯމަ |
15 ފެބުރުވަރީ 2016 |
10:30 ގައި |
- ޕްރޮޕޯޒަލް ބާޠިލުވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
- ބީލަން ހުށަހަޅަނީ އީ.އައި.އޭ ލައިސަންސް ލިބިފައިވާ އަމިއްލަ ފަރުދެއްނަމަ އެފަރާތުގެ ފުރިހަމަ ވަނަވަރު ހިމަނަންވާނެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ޕްރީބިޑުގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި، ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތުކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
25 ރަބީޢުލްއާޚިރު 1437
ފެން ބިލްޑިންގް / 4ވަނަ ފަންގިފިލާ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3307513 ، 3307515 ފެކްސް: 3307514