މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރަން ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކުންފުނީގެ ބޭނުމަކަށް މިދަންނަވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 8 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ އޮފީހުގެ 5 ވަނަ ފަންގިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު  ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ. މި މަސައްކަތް ކޮށްދެއްވުމަށް ކުންފުންޏަށާއި، ވަކިވަކި ފަރުދުންނަށް ކުރިމަތިލެއްވޭނެއެވެ.

1) 2 ދޮރު ހަދައި ބެހެއްޓުން (ފާޚާނާއެއްގެ ދޮރާއި އަދި ނުކުންނަ ދޮރެއް)

2) ފަންގިފިލާ އެޅުމާއި ލައިޓްލުން

3) ޢިމާރާތުގެ ބައެއްގައި ކުލަލުން

4) ދިދަ ސްޓޭންޑެއް ހެދުން

23 ރަބީޢުލްއާޚިރު 1437

 

 

 

 

 

 

 

 

 

 

 

 

02 ފެބުރުވަރީ 2016
ހޯދާ