މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ޖުލައި 28 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު ބައްދަލުވުމުގެ ދަޢުވަތު

ނަންބަރު: (IUL)303-CA/303/2026/34

އިޢުލާން

 

2026 ޖުލައި 28 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު ބައްދަލުވުމުގެ ދަޢުވަތު

ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުމަށް ބާއްވާ އާއްމު ބައްދަލުވުން 2026 ޖުލައި 28 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި އުނގޫފާރު ސުކޫލް ހޯލްގައި އޮންނާނެވެ.

މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ދިނުން ކުރިއަށް ދާނެއެވެ.

  • އުނގޫފާރު ކައުންސިލްގެ 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހުށަހެޅުން

ވީމާ، މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތްދެއްވުމަށް 2026 ޖުލައި 28 ވާ އަންގާރަ ދުވަހުގެ ރޭ 20:30 އަށް އުނގޫފާރު ސުކޫލް ހޯލަށް ވަޑައިގަތް ދެއްވުން އެދި އުނގޫފާރުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

19 ޖުލައި 2026
ހޯދާ