ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓް-ޓައިމް ލެކްޗަރަރ (ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް)

 2026 ވަނަ އަހަރުގެ 02 ވަނަ ސެމިސްޓަރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް އިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކުގައި ކިޔަވައިދެއްވާނެ ޕާޓް-ޓައިމް ލެކްޗަރާރުން ބޭނުންވެއެވެ.

 

މަޤާމު:

ޕާޓް-ޓައިމް ލެކްޗަރަރ

މުސާރަ:

  1. 50 – 60 މިނެޓުގެ ލެކްޗަރ / ޓިއުޓޯރިއަލް ގަޑިއަކަށް އުޖޫރަ ދެވޭނީ އެބޭފުޅަކު ކިޔަވައިދެއްވާ ލެވަލަށް ތިރީގައި އެވާ ގޮތަށެވެ.

-        ސެޓުފިކެޓު ލެވެލް 1  އިން ސެޓުފިކެޓު ލެވެލް 4 އަށް 200 ރުފިޔާ.

-        ސެޓުފިކެޓު ލެވެލް 5 އިން ސެޓުފިކެޓު ލެވެލް 6 އަށް 225 ރުފިޔާ.

  1. މާރކް ކުރާ ކިލާސް ޓެސްޓު ޕޭޕަރަކަށް 15/- ރުފިޔާ
  2. ފަހު އިމްތިޙާން ކަރުދާސް އަދި އެސައިމަންޓަކަށް 35/- ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

  1. ޑިޕްލޮމާ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުން

ނުވަތަ

-ގުޅޭ ދާއިރާއާކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

  1. އެސޯސިއޭޓް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން

ނުވަތަ

-ގުޅޭ ދާއިރާއާކުން އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

  1. ބެޗްލަރސް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން

ނުވަތަ

-ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  1.  މާސްޓަރސް ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ޕީ.އެޗް.ޑީ ހާސިލްކޮށްފައިވުން

ނުވަތަ

-ގުޅޭ ދާއިރާއަކުން  މާސްޓަރސް  ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ކޯސް / މާއްދާ

 

Master of Islamic Revealed Knowledge, Leadership and Administration - Islamic Economic System (ECO0903)

Master of Islamic Revealed Knowledge, Leadership and Administration - State Governance and Administrative System in Islamic Perspective (MGT0905)

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޭބަލް ކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް ނެގުން.
  • ޓިއުޓޯރިއަލް އާއި އަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
  • ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.

https://forms.gle/N71TY9xLujZwWgzW9

 

  • ޕޫލްގައި ރަޖިސްޓްރީ ވުމަށް އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 23 ޖުލައި 2026 ވަނަ ދުވަހުގެ 23:59 އަށް

ނޯޓު

  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1405  ނަންބަރު ފޯނާއެވެ.
  • ޕާޓް-ޓައިމް ލެކްޗަރަރުން ވަޒީފާއަށް ހޮވޭ ދުވަހުން ފެށިގެން މަސައްކަތުގެ ފެންވަރު ބެލެމުން ދާނެއެވެ. އަދި އެދެވޭ ގޮތުގައި މަސައްކަތް ކުރިއަށް ނުގެންދެވޭނަމަ، ވަޒީފާއިން ވަކި ކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
18 ޖުލައި 2026
ހޯދާ