ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މި ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމުޢިއްޔާތައް ގުޅިގެން ބާއްވާ ޙަރަކާތްތަކުގައި، ގެތަކާއި މުއައްސަސާތައް / ކުލަބު ޖަމުޢިއްޔާތައް ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން 2026 ޖުލައި 28،27،26 ގެ ނިޔަލަށް އެ ތަނެއް ދިއްލައި ޒީނަތްތެރިކޮށް ބަހައްޓަންވާނެއެވެ.
މި މުބާރާތުގައި 2 ކެޓަގަރީ (ހދ.ކުމުންދޫގެ ގޭ ބިސީތައް / ހދ.ކުމުންދޫގެ މުއައްސަސާތަކާއި ކުލަބު ޖަމުޢިއްޔާތައް) ހިމެނެއެވެ. ކޮންމެ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވޭނެއެވެ. މިގޮތުން 1 ވަނަ ފަރާތަކަށް -/1500ރ، 2 ވަނަ ފަރާތަކަށް -/1000ރ އަދި 3 ވަނަ ފަރާތަކަށް -/500ރ ލިބިގެންދާނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2026 ޖުލައި 22 ވަނަ ދުވަހުގެ މެންދުރު 12.00 އެވެ. މި މުބާރާތާގުޅޭ އުސޫލު މި އިޢުލާނާ އެއްފަތްކޮށްފައިވާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓުކުރެއްވުމަށް ގުޅުއްވާނީ ނުވަތަ މެސެޖްކުރައްވާނީ މިކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢިރުފާން ޙުސައިން (ފޯން: 9183128) އާއެވެ.
