ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
މި ސެންޓަރުގެ 2025 ވަނައަހަރުގެ އިނާމުދިނުމުގެ ޖަލްސާގެ ކޭޓަރިންގ ކޮއްދެއްވާނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން ނަންބަރ: (IUL)CHSE-SMT/1/2026/40

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ސެންޓަރުގެ 2025 ވަނައަހަރުގެ އިނާމުދިނުމުގެ ޖަލްސާގެ ކޭޓަރިންގ ކޮއްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2026 ޖުލައި 28ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ހަމައެހެންމެ، އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މިއިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ 2026 ޖުލައި  29ވާ ބުދަ ދުވަހުގެ ހެނދުނު  10:30 ގައި މިސެންޓަރުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޯގަސްޓް 04ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި ސުކޫލު (ހުޅުމާލެ ސީ.އެޗް.އެސް.އީ، ކުރިކީލަ މަގު) ގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2026 ޖުލައި 28ވާ އަންގާރަ ދުވަހު ހެނދުނު 11:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

16 ޖުލައި 2026
ހޯދާ