ދިވެހިރާއްޖެ
އިޢުލާން ނަންބަރ: (IUL)CHSE-SMT/1/2026/39
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސެންޓަރުގެ 2025ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ، މެޑަލް އަދި ސޭޝް، މި ސެންޓަރުން ދޭ އިރުޝާދާއި މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2026 ޖުލައި 28ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ހަމައެހެންމެ، އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މިއިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ 2026 ޖުލައި 29ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިސެންޓަރުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޯގަސްޓް 04ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މި ސުކޫލު (ހުޅުމާލެ ސީ.އެޗް.އެސް.އީ، ކުރިކީލަ މަގު) ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2026 ޖުލައި 28ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގެ ކުރިން[email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
