ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 (ސައުތު ޒޯން، ސައުތު ސެންޓްރަލް ޒޯން)

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 11 އޮގަސްޓް 2026 އިން 16 އޮގަސްޓް 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 " (ސައުތު ޒޯން، ސައުތު ސެންޓްރަލް ޒޯން) ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް އީމެއިލް [email protected] ކުރެއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ތާރީޙް އަދި މުބާރާތް ކުޅެވޭތަން ތަން:

  • 11 އޮގަސްޓް 2026 ން – 16 އޮގަސްޓް 2026 އަށް އައްޑޫ ސިޓީ ، ސ. ހިތަދޫ (ބެޑްމިންޓަން އެރީނާ)

 

ހިމެނޭ އިވެންޓް ތައް: ސައުތް ޒޯން (ގއ، ގދ، ޏ، ސ) ، ސައުތް ސެންޓްރަލް ޒޯން (ދ، ތ، ލ)

ގްރޭޑް 7/8 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

ގްރޭޑް 9/10 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

ގްރޭޑް 11/12 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

 

ކުޅެވޭ ޝަޓްލް ބްރޭނޑް:ވިކްޓަރ އެންސީއެސް މެކްސް ޝަޓްލް (ސްޕީޑް 77)

 

މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯރމް ( ޕާޓިސިޕޭޝަން ފޯމް ): 

  • ·         މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް (ޕާޓިސިޕޭޝަން ފޯމް)، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި

 

 

ބައިވެރިވުމަށް އެދޭ ފޯރމް ހުށައެޅުމުގެ ފަހު ތާރީޙް : 

  • 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް [email protected]
  •  ބައިވެރިވުމަށް އެދޭ ފޯރމް އާއި އެކު ބައިވެރިންގެ އައި.ޑީ ކާޑު ކޮޕީ ހުށައަޅަންވާނެއެވެ.

 

މުބާރާތުން ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯވަލްގެ އެންމެފަހު ތާރިޙް:

  •  31 ޖުލައި 2026 ވާ ހުކުރު ދުވަހުގެ 14:00 ކުރިން

 

މުބާރާތުގެ އެންޓްރީ ޢާއްމު ކުރުން އަދި ޑްރޯ މީޓިންގ:

  • މުބާރާތުގެ އެންޓްރީ ލިސްޓް ޢާއްމު ކުރުން 31 ޖުލައި 2026. (ޓީމް އިވެންޓް)
  • މުބާރާތުގެ ޑްރޯ ނަގާނީ " ޓޯނަމަންޓް ސޮފްޓް ވެއަރ " ބޭނުންކޮށްގެންނެވެ.
  • މެނޭޖަރސް މީޓިންގެ ތާރީޙް ބައިވެރިވާ ސްކޫލް ތަކުގެ ފޯކަލް ޕޮއިންޓް/މެނޭޖަރ އާއި ފަހުގެ ތާރީޙެއްގައި ޙިއްޞާ ކުރެވޭނެއެވެ.

 

މުބާރާތުގެ ރެފްރީ :އަލީ އަބްދުލް ކަރީމް   ޑެޕިއުޓީ ރެފްރީ: އަޙްމަދު ޝިހާމް

 

* ހުށައަޅުއްވާއިރު ފޯމްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް  ފޯމް ހުށައެޅުއްވުމަކީ މިއެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 ޖުލައި 2026
ހޯދާ