ދިވެހިރާއްޖެ
އިޢުލާން
ހަލާކުވެފައިވާ ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުމާ ގުޅޭ
މި ކައުންސިލްގެ ހަލާކުވެފައިވާ ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00 ގެ ކުރިން ޕިކަޕް ގަތުމަށް ބޭނުންވާ އަގު މި އިޢްލާނާއި އެކު އެޓޭޗްކުރެވިފައިވާ (NL04) ފޯމުން ކައުންޓާރގައި ހުންނަ ފޮށްޓަށް ހުށަހަޅަންވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 19 ޖުލައި 2026 ވަނަ ދުވަހުން ފެށިގެންނެވެ.
ޕިކަޕް ގަތުމަށް ހުށަހަޅާ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގައި ހުށަހެޅި އެންމެމަތީ އަގު އެނގޭ ގޮތަށް މިކައުންސިލްގެ ވައިބާރ ގުރޫޕްގައި އާންމުކުރެވޭނެއެވެ. މިޕިކަޕް ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 2 ދުވަހު އޮވެއްޖެނަމަ، އެ ފަރާތެއްގެ ނަމުގައި ނީލަން ނިންމާލެވޭނެއެވެ.
|
ރިފަރެންސްނަމްބަރ |
ވެހިކަލްގެ މަޢުލޫމާތު |
ނީލަންފެށޭ އަގު |
އިތުރުކުރެވޭނެ އެންމެ ކުޑައަގު |
|
02/2026 |
ޕިކަޕް (4061C1A) |
-/50,000ރ |
ފަހަރަކު -/5،000ރ |
މިއިޢްލާނާއި އެކު ސިޓީލާ ނީލަމުގެ ގައިޑްލައިނާ، އަގުހުށަހަޅާ ފޯމް އަދި ނީލަންކިޔާ ޕިކަޕްގެ ފޮޓޯ ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6642024 އާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.
