ދިވެހިރާއްޖެ
އިޢުލާން
ފާޚާނާ އިމާރާތްކުރުން
މި މަދަރުސާއިން 2 ފާޚާނާ އިމާރާތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން 2015 ޑިސެންބަރު 15 ވަނަ ދުވަހު ކުރި އިޢުލާން (ނަންބަރު GS79/IULAAN/2015/45) އާ ގުޅިގެން ހުށަހެޅުނު އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަދަރުސާއިން ދޭ ކުރެހުމާ އެއްގޮތަށް 2 ފާޚާނާ އިމާރާތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި މަދަރުސާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500096 ނަންބަރު ފޯނާއެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
11 ފެބުރުވަރީ 2016 (ބުރާސްފަތި) ދުވަހުގެ 13:00 އަށް |
17 ފެބުރުވަރީ 2016 (ބުދަ) ދުވަހުގެ 13:00 އަށް |
22 ރަބީޢުލްއާޚިރު 1437