ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސްކޫލުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ. |
|
މަޤާމް |
ލައިބުރޭރިއަން (ވަގުތީ) |
ބޭނުންވާ އަދަދު |
1 (އެކެއް) |
މަސައްކަތް ކުރަންޖެހޭ ތަން/ ސެކްޝަން |
އުނގޫފާރު ސްކޫލް، އެކަޑެމިކް |
މަޤާމުގެ ރޭންކް |
ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މުސާރަ |
މަހަކު -/4،465 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/1،500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް |
ކަނޑައެޅިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގެ ޝަރުޠުތައް:
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
1- ސްކޫލް ލައިބުރަރީ ފޮތުގެ ޑޭޓާ ބޭސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
2- ސްކޫލުން ކަނޑައަޅާފައިވާ ލައިބުރަރީ ފޮތް ދަރިވަރުންނަށާއި މުވައްޒަފުންނަށް ދޫކުރުމުގެ އުޞޫލުތަކާއި އެއްގޮތަށް ފޮތް ދޫކުރުމާއި، ފޮތްތައް ލައިބުރަރީއަށް ބަލައިގަތުން.
3- ލައިބުރަރީ ފޮތްތަކާއި އެހެނިހެން ތަކެތި، މަސައްކަތު މީހުންލައްވާ ދުވާލަކު އެއްފަހަރު ފޮޅައި ސާފުކުރުން.
4- ލައިބުރަރީގައި ފޮތް ކިޔުމުގެ މާޙައުލު ދަރިވަރުންނަށް ތަނަވަސްކޮށްދިނުމާއެކު، ރީޑިންގ މެޓީރިއަލްސް ދަރިވަރުން ބޭނުންކުރާ މިންވަރުގެ ރިޕޯޓު، ކޮންމެ ހަފުތާއަކު އެއްފަހަރު، ސްކޫލުގެ މެނޭޖްމެންޓަށް ހުށަހެޅުން.
ހުށަހަޅަންޖެހޭ މަޢުލޫމާތުތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދެފުށުގެ ސާފުކޮޕީ (މުއްދަތު ހަމަނުވާ)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުގެ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ކަރިކުއުލަމް ވިޓާ (ސީވީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް.
- ސިވިލ ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބެސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ އަދާކުރުމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް މިހާރު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ ފޯމު
- ޕާސްޓްޕޯޓް ސައިޒުގެ އެއްފޮޓޯ
އިތުރު މަޢުލޫމާތު:
- މި ޢިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6580262 ނަންބަރު ފޯނަށެވެ.
- ވަޒީފާއަށްއެދި ހުށައަޅާ ފޯމާއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ، އެ ފޯމު ބާޠިލްކުރެވޭނެއެވެ.
- މި މަޤާމަށް އިންޓަވިއުކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ، ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
- އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އެޓެސްޓްކުރުމަށް ގެނައުން އެދެމެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.
1. ތަޢުލީމާއި ތަމްރީނު.
2. މަސައްކަތުގެ ތަޖުރިބާ.
3. މަސައްކަތު ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.
ސުންގަޑި:
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، 2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން، މި ސްކޫލަށް ފޯމު ހުށައަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ، އެ ފޯމު ބާޠިލްކުރެވޭނެއެވެ.
އިންޓަވިޔު ކުރެވޭނެ ތަނާއި ތާރީޚު:
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިޔު ކުރުން އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް އެންގޭނެއެވެ.
ނޯޓު:
މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
21 ރަބީޢުލްއާޚިރު 1437