ދިވެހިރާއްޖެ
މި ސްކޫލްގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި ސްކޫލްގެ އިދާރާގެ ގޯތިތެރޭގައެވެ. ނީލަންކިޔަން ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
|
ކޯޑް |
މުދާ |
ރޭޓް |
އަދަދު |
ނިލަންކިޔަން ފެށޭނެ އަގު |
ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު |
|
GS177001 |
ބޮޑުދޮރު ލަކުޑި (ބިއްލޫރިލެއްވި ދޮރުފަތާއެކު) |
70.00 |
01 |
70.00 |
ރ5.00 |
|
GS177002 |
ބޮޑުދޮރު ލަކުޑި (ބިއްލޫރިލެއްވި ދޮރުފަތާއެކު) |
70.00 |
01 |
70.00 |
ރ5.00 |
|
GS177003 |
ކުޑަދޮރު ލަކުޑި 5 ކަނީގެ (ބިއްލޫރިލެއްވި ދޮރުފަތާއެކު) |
100.00 |
01 |
100.00 |
ރ5.00 |
|
GS177004 |
ކުޑަދޮރު ލަކުޑި 5 ކަނީގެ (ބިއްލޫރިލެއްވި ދޮރުފަތާއެކު) |
100.00 |
01 |
100.00 |
ރ5.00 |
|
GS177005 |
އޭސީ ގްރީ އިންވާޓަރ 24000 ބީޓީޔޫ |
100.00 |
01 |
100.00 |
ރ5.00 |
|
GS177006 |
އޭސީ ގްރީ އިންވާޓަރ 24000 ބީޓީޔޫ |
100.00 |
01 |
100.00 |
ރ5.00 |
ނީލަންކިޔުމުގެ އުސޫލު
1 – ނީލަންކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު،ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރު ފެންނާނެހެން ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
2 – ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ،ދެވަނަ ފަހަރަށް އިއުލާންކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
3 - ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެނގޭނެއެވެ. ނީލަމުގެ ބައިވެރިއަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފއިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
4 – ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިއުލާންކޮށް "ނީލަން ކާމިޔާބުކުރި ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
5 – ނީލަން ކާމިޔާބުކުރި ފަރާތުން ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mvމެދުވެރިކޮށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެމުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެމުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަން ކިޔުމަށް އިޢުލާން ކުރެވޭނެއެވެ. ނީލަމުން ނެގޭ ތަކެއްޗަށް ފައިސާ ދެއްކުމަށްފަހު ސަރުކާރު ބަންދުނޫން 1 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކަނޑޫދޫ ސްކޫލް
ތ. ކަނޑޫދޫ
ފޯނު: 6780573
އީމެއިލް: [email protected]
