ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން 2026

          ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން (2010/7) ގެ 107 ވަނަ މާއްދާގައި ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 01:00 ގައި ދެއްވަދޫ ސިއްޙީ މަރުކަޒުގެ ހޯލްގައި އޮންނާނެ އެވެ.

ބައްދަލުވުމުގެ އެޖެންޑާ: 

 * 2026 ވަނަ އަހަރުގެ 6 މަސްދުވަހުގެ ރިޕޯރޓް ހިއްސާކުރުން

 * 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ބަޖެޓުން ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިއްސާ ކުރުން.

 * ތަރައްޤީ ޕްލޭންގެ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރުން.

           ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ގއ. ދެއްވަދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

             މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                

15 ޖުލައި 2026
ހޯދާ