މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯއްދެވުމަށް އެދި އެކްސްޕޓު އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހަޅުއްވަންޖެހޭ ލިޔުންތަކާގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯއްދެވުމަށް އެދި އެކްސްޕެޓު އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހަޅުއްވަންޖެހޭ ލިޔުންތަކާގުޅޭ:

1 ފެބުރުވަރީ 2016 އިން ފެށިގެން ޢިމާރާތްކުރުމުގެ މަސައްކަތަށް ބިދޭސީން ގެނައުމަށް ކޯޓާއަށް އެދި ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ ލިޔުންތައް އެކްސްޕެޓު އޮންލައިން ސިސްޓަމަށް އަޕްލޯޑު ކުރަންޖެހޭ ގޮތަށް ހަމަޖައްސައިފީމެވެ.

  1. ޢިމާރާތްކުރުމުގެ ހުއްދައިގެ ކުލަ ކޮޕީ
  2. ކޯޓާގެ ދަށުން ގެނެވޭ ބިދޭސީން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ވާރކް ސައިޓުގެ ފޮޓޯ (ގޭގެ ނަން ފެންނަ ގޮތަށް)
  3. ކޯޓާގެ ދަށުން ގެނެވޭ ބިދޭސީން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވާރކް ސައިޓުގެ ފޮޓޯ (މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސައިޓުގެ އެތެރެ ފެންނަ ގޮތަށް)
  4. ކޯޓާއަށް އެދޭ ކުންފުނީގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ ލިސްޓު
  5. ޕެންޝަން ރަޖިސްޓުރޭޝަން ސްލިޕުގެ ކޮޕީ
  6. އިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ކުލަ ކޮޕީ (އެޓެސްޓްކޮށްފައި)
  7. ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ތަނުގެ ކުރެހުމުގެ ކުލަ ކޮޕީ
  8. ޖީ. އެސް. ޓީ. ރަޖިސްޓުރޭޝަން ސެޓިފިކެޓުގެ ކުލަ ކޮޕީ
  9. ބީ. ޕީ. ޓީ. ރަޖިސްޓުރޭޝަން ސުލިޕުގެ ކުލަ ކޮޕީ
  10. ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ތަނުގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކުލަ ކޮޕީ
  11. ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ގޭގެ ރަޖިސްޓަރީގެ ކުލަ ކޮޕީ
  12. އިމާރާތް ކުރުމަށް ވެފައިވާ އެއްބަސްވުމުގައި މަސައްކަތް ހަވާލުކުރާ ފަރާތުގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންގެ އައިޑީކާޑުގެ ކުލަ ކޮޕީ
  13. އިމާރާތް ކުރުމަށް ވެފައިވާ އެއްބަސްވުމުގައި މަސައްކަތް ހަވާލުވާ ފަރާތުގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންގެ އައިޑީކާޑުގެ ކުލަ ކޮޕީ
  14. އިމާރާތް ކުރުމަށް ވެފައިވާ އެއްބަސްވުމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންގެ އައިޑީކާޑުގެ ކުލަ ކޮޕީ
  15. ކޯޓާއަށް އެދޭ ފަރާތަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ދޫކޮށްފައިވާ ރަޖިސްޓްރޭޝަން ސިޓީގެ ކުލަ ކޮޕީ
  16. ކޯޓާއަށް އެދޭ ފަރާތަށް މޯލްޑިވްސް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީން ދޫކޮށްފައިވާ މެންބަރޝިޕު ސެޓުފިކެޓްގެ ކުލަ ކޮޕީ

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ރަބީޢުލްއާޚިރު 1437     

28 ޖަނަވަރީ 2016
ހޯދާ