ދިވެހިރާއްޖެ
ނަންބަރު: (IUL)391/391/2026/70
އިޢުލާން
ތިމަރަފުށީ ދެހާޖީ މާލަން ކައިރީގައިވާ ސްޓޭޖް ތަޅައި އުކާލުމާއި ތަން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ތިމަރަފުށީ ދެހާޖީ މާލަން ކައިރީގައިވާ ސްޓޭޖް ތަޅައި އުކާލުމާއި، ތަން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 (ކައުންސިލް އިދާރާގައި)
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
އެޑްރެސް: ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
އީމެއިލް އެޑްރެސް: [email protected]
މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ފޯރުކޮށްދޭ ފޯމުގައެވެ. އަދި ފޯމުގައި ބިޑާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780674 ނަންބަރާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
