އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިސަންސް ޓްރެކުގައި ހިޔާއެއް ހެދުމާއި ގުޅޭ

މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ލައިސަންސް ޓްރެކުގައި ހިޔާއެއް ހެދުމަށް ބޭނުންވެއްޖެއެވެ.

 

ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން [email protected] އަށް އީމެއިލް ކޮށް ބިޑްގައި ރަޖިސްޓްރީވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ބިޑްގައި ރަޖިސްޓްރީ ވުމަށްޓަކައި ކުރާ އީމެއިލްގައި ރަޖިސްޓްރީވާ ފަރާތުގެ ވިޔަފާރީގެ ނަން،ވިޔަފާރީގެ ރެޖިސްޓްރީ ނަންބަރ،މަސްޢޫލުވާ ފަރާތުގެ ނަން،އީމެއިލް އެޑްރެސް އަދި ފޯނުނަންބަރ ހިމެނޭގޮތަށް ހުށަހަޅަންވާނެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

19/07/2026

އާދިއްތަ

13:00

މައުލޫމާތު ހިއްސާކުރުން

19/07/2026

އާދިއްތަ

13.30

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

30/07/2026

ބުރާސްފަތި

13:15

 

 

         އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި ކައުންސިލްގެ ރައީސް މުހައްމަދު އަކްރަމް އަޙްމަދް  9993949 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުލައި 2026މ.

29 މުޙައްރަމް 1448ހ.

14 ޖުލައި 2026
ހޯދާ