ދިވެހިރާއްޖެ
ބަޖެޓުގައިވާ މަޢުލޫމާތު މި ވުޒާރާގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2027 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ،، ތައްޔާރުކުރުމަށް ބޭނުންވެއެވެ. މިގޮތުން ބަޖެޓު ފޮތުގެ ޑިޒައިނާއި، ލޭއައުޓް އަދި އިންފޮމޭޝަށް ބުކްލެޓެއް ތައްޔާރުކުރުމަށް ވަނީ ގަސްތުކުރެވިފައެވެ. ވީމާ، މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ބިޑް ހުށަހަޅަންޖެހޭނީ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) އާއި އެއްގޮތަށް ފުރަތަމަ ސިޓީ އުރައިގައި ޓެކްނިކަލް ޕްރޮޕޯސަލްއެވެ. އަދި ދެވެނަ ސިޓީ އުރައިގައި އަގުގެ ޕްރޮޕޯސަލްއެވެ. އަދި މި އިއުލާނާއެކު އާންމުކޮށްފައިވާ ޓީ.އޯ.އާރ އެއްގޮތަށް، އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާއުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިއުލާނާއި އެކު ޝާއިޢުކުރެވިފައިވާނެއެވެ.
އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] މެއިލް ކުރެއްވުމަށް ދެންނެވީމެވެ.
ވީމާ، މި މަސައްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:30 އަށް މި ވުޒާރާއަށް ވަޑައިގެން ބިޑް ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.
