އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ބަހަކާއި ޕިކަޕެއް ގަތުމަށް

އިޢުލާން

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން އޮޕަރޭޝަންގައި ބޭނުންކުރުމަށް ބަހަކާއި ޕިކަޕެއް ގަތުމަށް ކުރެވުނު ނަންބަރު: IAS/MIS/2016/087ފ(18/01/2016) އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ޢާންމުކޮށް އިޢުލާން ކުރީމެވެ. ހަވާލާދެވިފައިވާ އިޢުލާން ބާޠިލުކުރެވިފައިވުމާ ގުޅިގެން އަލުން މި އޮފީހަށް 1.25 ޓަނުގެ ބަރުދަން އުފުލޭ ޕިކަޕަކާއި 29 ސީޓިންގ ކެޕޭސިޓީގެ ބަހެއް ގަތުމަށް އިޢުލާން ކުރީމެވެ.

މިތަކެތި މިކުންފުންޏަށް ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 17 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 14:00ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް މ.ރާވެރިގެ (މަޖީދީމަގު) ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ތަކެތި މިކުންފުންޏަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 14:00ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

18 ރަބީޢުލްއާޚިރު 1437

28 ޖަނަވަރީ 2016
ހޯދާ