ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ބިމަށް އަލަށް އިތުރުކުރެވުނު ބައިގެ ފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު GS-204/IU/2015/25ފ(10 ސެޕްޓެންބަރު 2015) އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު 10/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި އަންނަ ފަރާތަށް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ.
| މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން | އަންދާސީހިސާބު ބަލައިގަތުން | 
| 4 ފެބުރުވަރީ 2016 | 8 ފެބުރުވަރީ 2016 | 
| ގަޑި 13:00 | ގަޑި 13:00 | 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
 
                    