އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް އެޅުމާގުޅޭ

އިޢުލާން

އއ. މާޅޮހުގައި ބަށިކޯޓެއް އެޅުމާ ގުޅޭ:

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން އއ. މާޅޮހުގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި، މިއިދާރާގެ ނަންބަރު IUL)345-CAA/345/2015/1032)ފ(01 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަގުތައް ބޮޑުކަމަށް ފެންނާތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނު ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި "އއ. މާޅޮހުގައި ބަށިކޯޓު އެޅުމުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

18 ރަބީޢުލްއާޚިރު 1437

28 ޖަނަވަރީ 2016
ހޯދާ