ދިވެހިރާއްޖެ
"ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގެ 15 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، މަޤާމަކަށް އެންމެ ފަރާތަކުން ކުރިމަތިލާފައިވާ ހާލަތްތަކުގައި، އެ ފަރާތުގެ A2 ޝީޓު އާންމުކުރުމަށްފަހު ވަޒީފާ ހަމަޖެއްސުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، A2 ޝީޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން 1 (އެކެއް) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅުއްވާނީ މި އިދާރާގެ ހިއުމަން ރިސޯސް ސެކްޝަންގެ އީ-މެއިލް އެޑްރެސް [email protected] އަށެވެ.
މި މުއްދަތުގެ ތެރޭގައި އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާނަމަ، އުޞޫލުގައިވާ ގޮތުގެ މަތިން އެ ފަރާތަށް ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަމެވެ.
