ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ކްލާސް ހިންގުމަށްޓަކައި ކުރީގެ މިސްކިތެއްކަމުގައިވާ ނަސްރު މިސްކިތް އިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

              ހއ.ބާރަށުގައި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ޤާއިމުކޮށް ޤުރުޢާން ކުލާހުގެ ހިދުމަތް ދިނުމަށްޓަކައި ރަށުގައި ހުރި ކުރީގެ މިސްކިތެއް ކަމުގައިވާ ނަސްރު މިސްކިތުގެ އިމާރާތް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

 

              ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތުކަރުދާސް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

 

               ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމު ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

 

ރަޖިސްޓްރީވުމަށް އެދޭ ފޯމުގެ ލިންކު: https://forms.gle/QCvmKyF9aoDM7T678

 

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން.

21 ޖުލައި 2026 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް.

ޕްރި-ބިޑް ބައްދަލުވުން.

21 ޖުލައި 2026 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.(ޕްރިބިޑް ބައްދަލުވުމުގައި ބައިވެރިނުވިނަމަވެސް ބީލަން ހުށަހެޅުމަށް ރަޖިސްޓަރކޮށްފައިވާނަމަ ބީލަން ހުށަހެޅޭނެއެވެ).

ބީލަން ބަލައިގަތުމާއި ހުޅުވުން.

02 އޮގަސްޓް 2026 ވަނަ ދުވަހުގެ 11:00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގައި.

            

              ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                           

14 ޖުލައި 2026
ހޯދާ