ދިވެހިރާއްޖެ
އިޢުލާން
އެކްޓިވިޓީ ޔުނިފޯމު ހޯދަން ބޭނުންވެއްޖެ:
މި ސްކޫލަށް އެކްޓިވިޓީ ޔުނިފޯމެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު: GS209/IUL/2016/004 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެދިފައިވަނީ 02 ފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީޢާއިން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
04 ފެބުރުވަރީ 2016 (ބުރާސްފަތި) 10:30 |
09 ފެބުރުވަރީ 2016 (އަންގާރަ) 11:00 |
* އީމެއިލްގެ ޒަރީޢާއިން ލިޔުންތައް ފޮނުވާ ފަރާތްތަކުން [email protected] އަށް ފޮނުވުން އެދެމެވެ.
* އީމެއިލްގެ ޒަރީޢާއިން މަޢުލޫމާތު ސާފުކުރަން ބޭނުންވާ (ކުންފުނި / އަމިއްލަ) ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް އެދި ސިޓީއެއް ފޮނުވަންވާނެއެވެ.
* މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.