ދިވެހިރާއްޖެ
ނ. ވެލިދޫގައި މޯލްޑިވިއަން ސީޕްލޭންގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރެވޭ ޕްލެޓްފޯމް ވަނީ ފާއިތުވީ މެއި މަހުގެ ތެރޭގައި ބޭރު ތޮށީގެ ދެކުނުކޮޅަށް، ފަޅުތެރެއަށް ބަދަލުކުރެވިފައެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް މިރަށަށް ތާވަލުކުރެވިފައިވާ ދަތުރުތަކުގައި ހުކުރު ދުވަހުގެ ހެނދުނާއި ބުދަ ދުވަހުގެ މެންދުރު ފަހު ސީޕްލޭން ޖެއްސުމާއި ފުރުން ކުރިއަށް ދާނެއެވެ. މި ބަދަލާއެކު ރަށުގެ އިރުމަތީ ފަރާތު ކަނޑުއޮޅިއަކީ ސީޕްލޭންގެ ރަންވޭގެ ގޮތުގައި ބޭނުންކުރެވޭ ސަރަޙައްދެވެ.
ވީމާ، އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސީޕްލޭންގެ ދަތުރުތައް ކުރިއަށްދާ ވަގުތުތަކުގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކުން މިކަމަށް ވަކިން ޚާއްސަ ސަމާލުކަމެއް ދެއްވުން އެދި ދެންނެވީމެވެ. އަދި ސީޕްލޭން ފަޅަށް ވަދެނިކުމެވާ ވަގުތުތަކުގައި ސީޕްލޭންއަށް ދަތި ނުވާނޭހެން އެހެން އުޅަނދުތަކުން ފަޅަށް ވަނުމަށާއި ފަޅުން ނުކުތުމަށް އެދި ދެންނެވީމެވެ. މީގެ އިތުރުން، ސީޕްލޭން ޕްލެޓްފޯމަށް އެރުމަކީ މަނާކަމެއްކަމުގައި ހަނދުމަކޮށް އަރުވަމެވެ.
