މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1. ށ. މިލަންދޫ މަސްޖިދުލް އީމާން އަދި މަސްޖިދުލް ޞަފާ މިސްކިތުގެ މަރާމާތު މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުން.
ބިޑު ހުށަހެޅުމުގެ ދަޢުވަތު
- ށ. މިލަންދޫ މަސްޖިދުލް އީމާން އަދި މަސްޖިދުލް ޞަފާ މިސްކިތުގެ މަރާމާތު މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)284-PR/284/2026/32 އިޢުލާނާއި ގުޅިގެން ހުށައެޅުއްވި އަގުތައް ކައުންސިލުން މިޕްރޮޖެކްޓަށް އަންދާސާ ކޮށްފައިވާ އަގަށްވުރެ ބޮޑުވުމާއި ގުޅިގެން، އެއިޢުލާން ބާޠިލުކޮށް، ށ. މިލަންދޫ މަސްޖިދުލް އީމާން އަދި މަސްޖިދުލް ޞަފާ މިސްކިތުގެ މަރާމާތު މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސް، އަލުން މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މި ބީލަމުގައި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ، ކުންފުންޏާބެހޭ ޤާނޫނު (10/96) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ޕާޓްނަރޝިޕް ޤާނޫނު (13/2011) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕްތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު (3/2007)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ޖުލައި 20 ވާ ހޯމަ ދުވަހު 11:00 ގެ ކުރިން ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.milandhoo.gov.mv/f/bxzw0126
- މިބީލަމާއިގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2026 ޖުލައި 20 ވާ ހޯމަ ދުވަހު 11:00ގައި މިލަންދޫ ކައުންސިލު އިދާރާގައި އޮންނާނެއެވެ. މިބައްދަލުވުމުގައި މަޢުލޫމާތު ކަރުދާސް އަދި ބިޑް ޑޮކިއުމަންޓްސް ފޯރުކޮށްދެވޭނެއެވެ.
ބިޑު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2026 ޖުލައި 22 ވާ ބުދަ ދުވަހުގެ ހެނދުނު 10:30ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބިޑު ހުށަހަޅާއިރު، ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބިޑު ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބިޑުތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 10:30 ގައެވެ.
13 ޖުލައި 2026
ހޯދާ
