ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޮމިޝަނަށް ވީޑިއޯ ކޮންފަރެންސިން ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ކޮމިޝަންގެ (IUL)195-A/195/2026/22 (02 ޖުލައި 2026) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މި ކޮމިޝަނަށް ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވިމާ، މި ކޮމިޝަނަށް ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓާ އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމަށްފަހު 22 ޖުލައި 2026 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 20 ޖުލައި 2026 ވާ ހޯމަ ދުވަހު ގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
28 މުޙައްރަމް 1448
13 ޖުލައި 2026
